logoEN
WAMCO TOP 1
ފުޓްބޯޅަ ކުޅުންތެރިއެއްގެ ޓްރާންސްފާ ފީއަށް 15 ކިލޯ ސޮސެޖް!

ފުޓްބޯޅަ ކުޅުންތެރިއެއްގެ ޓްރާންސްފާ ފީއަށް 15 ކިލޯ ސޮސެޖް!

ހަސަން ޝަމްއޫން

logo

5/29/2026, 3:12:54 AM

# ބޭރު ދުނިޔޭގެ ކުޅިވަރު

މާރިއަސް ސިއޯރާ..

ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތާރީހުގައި އެންމެ ފުރަތަމަ ޓްރާންސްފާ ފީއަކާއެކު ކުލަބު ބަދަލުކުރި ކުޅުންތެރިއަކީ ސްކޮޓްލެންޑްގެ ފޯވަޑް ވިލީ ގްރޯވްސް އެވެ.

THE TRAVELLER AD

1893 ވަނަ އަހަރު ވެސްޓް ބްރޮމްވިޗް އެލްބިއަން ދޫކޮށް 100 ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ގްރޯވްސް އެސްޓަން ވިލާއަށް ބަދަލުވިއިރު، މިހާތަނަށް އެންމެ އަގުބޮޑު ޓްރާންސްފާ ފީއަކާއެކު ކުލަބު ބަދަލުކޮށްފައި ވަނީ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާރ އެވެ. އެގޮތުން 2017 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުންދިޔަ ނޭމާގެ ސޮއި ހޯދުމަށް ފްރާންސްގެ ޕީއެސްޖީ އިން ވަނީ 222 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

އެގޮތުން ފާއިތުވެދިޔަ 133 އަހަރުތެރޭގައި އެކިއަގުތަކުގައި ކުޅުންތެރިން ކުލަބު ބަދަލުކޮށްފައިވާއިރު، މީގެ 20 އަހަރުކުރިން 2006 ވަނަ އަހަރު ރޫމޭނިއާގެ ހަތަރު ވަނަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޔޫޓީ އާރާޑްގެ ޑިފެންޑަރު މާރިއަސް ސިއޯރާ ހޯދުމަށް އެގައުމުގެ ދެވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ރީގަލް ހޯނިއާ އިން ވަނީ 15 ކިލޯގްރާމްގެ އޫރު ސޮސެޖް ޓްރާންސްފާ ފީއެއްގެ ގޮތުގައި ދީފައެވެ.

ނަމަވެސް މި ޓްރާންސްފާ ފީގެ ޚަބަރު މީޑިއާގައި ފެތުރުމާއެމު ސިއޯރާ ވަނީ ޖެހިގެންްއައި ދުވަހު ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ. އަދި މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ކުޅުން ހުއްޓާލުމަށްފަހު ސިއޯރާ ވަނީ ސްޕޭނަށް ބަދަލުވެފައެވެ. މިއާއެކު ރީގަލް ހޯނިއާ އިން ވަނީ އެކުލަބުން ޓްރާންސްފާ ފީގެ ގޮތުގައި ދިން 15 ކިލޯގެ ސޮސެޖް އަނބުރާ ހޯދާފައެވެ.

ކޮމެންޓް
ފަހުގެ
HDC