logoEN
WAMCO TOP 1
ގާޑިއޯލާގެ ވަދާއީ މެޗުގައި އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ

ގާޑިއޯލާގެ ވަދާއީ މެޗުގައި އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

5/24/2026, 6:35:47 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# އެސްޓަން ވިލާ # އިނގިރޭސި ޕްރިމިއާ ލީގު# މެންޗެސްޓާރ ސިޓީ

އެސްޓަން ވިލާ އާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ އެސްޓަން ވިލާ އިން ތާވަލުގެ ހަތަރުވަނަ ޔަގީންކޮށްފިއެވެ. އަދި މިމެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެޓީމު ދޫކޮށްލާފައެވެ.

THE TRAVELLER AD

ލީގުގައި މެންޗެސްޓާ ސިޓީ އިން އެންމެ ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި އެެސްޓަން ވިލާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 4-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓަން ވިލާ އިންނެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސިޓީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ.

އެސްޓަން ވިލާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވަޓްކިންސް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 38 މެޗުން އެސްޓަން ވިލާއަށް 65 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ސީޒަން ނިންމާލީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ސިޓީ އިން ލީގުގައި ކުޅުނު 38 މެޗުން ހޯދި 78 ޕޮއިންޓާއެކު އެޓީމުން ސީޒަން ނިންމާލީ ތާވަލުގެ ދެވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC