logoEN
WAMCO TOP 1
ޔުއެފާ ކޮންފަރެންސް ލީގު ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކޮށްފި

ޔުއެފާ ކޮންފަރެންސް ލީގު ކްރިސްޓަލް ޕެލަސް އިން ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

5/27/2026, 9:19:27 PM

# ރަޔޯ ވަޔޮކާނޯ # ޔުއެފާ ކޮންފަރެންސް ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# ކްރިސްޓަލް ޕެލަސް

ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

ޔުއެފާ ކޮންފަރެންސް ލީގު ފައިނަލުގައި މިރޭ ސްޕެއިންގެ ރަޔޯ ވަޔޮކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިގިރޭސި ޕްރެމިއާ ލީގުގެ ކްރިސްޓަލް ޕެލަސް އިން އެކުލަބުގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ކުލަބު މުބާރާތެއްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން ކްރިސްޓަލް ޕެލަސް ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 5-2 ގެ އެގްރިގޭޓް ނަތީޖާއަކުން ޔުކްރެެއިންގެ ޝަކްތާ ޑޮނެސްކް ބަލިކުރުމަށްފަހު އެވެ. އަދި ރަޔޯ ވަޔެކާނޯ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފްރާންސްގެ ސްޓާރސްބާގް 2-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ޖަރުމަނުގެ ލެޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ޕެލަސްއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ޖިން ޕިލިޕޭ މަޓޭޓާ އެވެ.

ނިމިދިޔަ ޕްރެމިއާ ލީގު ސީޒަނުގެ ކުރީކޮޅު ޕެލަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ސީޒަނުގެ ފަހުކޮޅު އެޓީމުގެ ކުޅުން ދައްވެ އެޓީމުން ސީޒަން ނިންމާލީ ތާވަލުގެ 15 ވަނައިގައެވެ. ނަމަވެސް މިނަތީޖާއެކު އަންނަ ސީޒަނުގެ ޔުއެފާ ޔުރޮޕާ ލީގު ޖާގައެއް ކްރިސްޓަލް ޕެލަސްއަށް ވަނީ ޔަގީން ވެފައެވެ.

ކޮމެންޓް
ފަހުގެ
HDC