logoEN
WAMCO TOP 1
ބްރައިޓަން އަތުން ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވިއިރު، ބުރޫނޯއަށް ޕްރެމިއާ ލީގުގެ ތާރީޚީ ރެކޯޑެއް

ބްރައިޓަން އަތުން ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވިއިރު، ބުރޫނޯއަށް ޕްރެމިއާ ލީގުގެ ތާރީޚީ ރެކޯޑެއް

ހަސަން ޝަމްއޫން

logo

5/24/2026, 6:31:59 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# ބްރައިޓަން # އިނގިރޭސި ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން...

އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރައިޓަން އަތުން ފަސޭހަކަމާއެޖު 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗުގެ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ޕްރެމިއާ ލީގު ތާރީޚުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމަށް ފުރުސަތު ތަނަވަސްކުރި ކުޅުންތެރިއާގެ ރެކޯޑް މުގުރާލައިފިއެވެ.

THE TRAVELLER AD

ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން ނޮޓިންހަން ފޮރެސްޓް ބަލިކޮށްފައިވާއިރު، ލީގުގައި ބްރައިޓަން އެންމެ ފަހުން ކުޅުނު މެޗުގައި ލީޑްސް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރައިޓަން އިންނެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕެޓްރިކް ޑޮގޫ އެވެ. މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއީ މިސީޒަނު ޕްރެމިއާ ލީގުގައި ކުޅުނު 35 މެޗުގައި ބްރޫނޯގެ 21 ވަނަ އެސިސްޓެވެ. މީގެ ކުރިން ޕްރެމިއާ ލީގު، އެއްސީޒަނެއްގައި އެންމެ ގިނަ އެސިސްޓް ހެދުނުގެ ރެކޯޑް އޮތީ 20 އެސިސްޓާއެކު އާސެނަލްގެ ތިއެރީ ހެންރީ އަދި މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ އަތުގައެވެ.

ޔުނައިޓެޑުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ބަރަޔަން އެމްބޫމޯ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ބުރޫނޯ ފެނާންޑޭޒް އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 38 މެޗުން ހޯދި 71 ޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑުން ސީޒަން ނިންމާލީ ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު 38 މެޗުން ހޯދި 53 ޕޮއިންޓާއެކު އެޓީމުން ސީޒަަން ނިންމާލީ ތާވަލުގެ އަށްވަނައިގައެވެ. މިއާއެކު އެޓީމަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގުގެ ޖާގަ ލިބިފައެވެ.

ކޮމެންޓް
ފަހުގެ
HDC