logoEN
WAMCO TOP 1
ހުރިހާ ދިވެހި ޙާޖީން ޢަރަފާތު ބިމުގައި: އެޑްމިޓްކުރި ޙާޖީއާއެކު އެންމެންގެ ހާލުވެސް ރަނގަޅު!

ހުރިހާ ދިވެހި ޙާޖީން ޢަރަފާތު ބިމުގައި: އެޑްމިޓްކުރި ޙާޖީއާއެކު އެންމެންގެ ހާލުވެސް ރަނގަޅު!

އަހުމަދު ޝުރާއު

logo

5/26/2026, 8:26:40 AM

# ހައްޖު ކޯޕަރޭޝަން

-

ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށްޓަކައި، މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތު ބިމުގައެވެ.

THE TRAVELLER AD

އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުރިހާ ބޭފުޅުންގެ ހާލުވެސް އާންމުގޮތެއްގައި ވަރަށް ރަނގަޅު ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ބަލިވެގެން މިނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދިން ޙާޖީގެ ހާލުވެސް މިހާރު ރަނގަޅުވެ، ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު އޭނާވެސް މިހާރު ވަނީ ޢަރަފާތު ބިމަށް ގެންގޮސްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވެސް ވަނީ ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަން ކަށަވަރުކޮށްދެއްވާފައެވެ.

ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދިއުމަށް ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00 ގައެވެ. ދިވެހި ޙާޖީން ޢަރަފާތަށް ގެންދިއުމަށް ޖުމްލަ 22 ބަސް ބޭނުންކޮށްފައިވާއިރު، އެންމެ ފަހު ބަހުގައި ދަތުރުކުރި ޙާޖީންނަށް ޢަރަފާތަށް ދެވުނީ ރާއްޖެ ގަޑިން މިއަދު ފަތިހު 05:00 ހާއިރުއެވެ.

ޢަރަފާތު ބިމުގައި ދިވެހި ޙާޖީންނަށް ބޭނުންވާނެ އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާއިރު، އޭގެ ތެރޭގައި ތިބޭނެ ފޭލިގެތަކާއި ކެއިންބުއިމުގެ ކަންކަންވެސް ހިމެނެއެވެ.

ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހަކީ ޢަރަފާތު ދުވަހެވެ. ޙައްޖު މަހުގެ 9 ވަނަ ދުވަހުގެ އިރުއެރުމާއެކު ޢަރަފާތު ދުވަސް ފެށިފައިވާއިރު، މި ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުން ފެށިގެން އިރުއޮއްސުމާ ހަމައަށެވެ. މިއަދުގެ އިރުއޮއްސުމާ ހަމައަށް ޙާޖީން މަޑުކުރާނީ އަރަފާތުގެ މަޝާއިރުގައި އަޅުކަމާއި ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޢަރަފާތުގައި ތިބޭ ދިވެހި ޙައްޖުވެރިންނަށްދޭ ޚާއްޞަ ޚުޠުބާ މިއަދު އިއްވަވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގެންނެވި ޝައިޚް އިލްޔާސް ޙުސައިންއެވެ.

ޙައްޖުވެރިން ޢަރަފާތުގައި މަޑުކުރުމަށްފަހު، މިރޭ އިރުއޮއްސުމާއެކު މުޒްދަލިފާއަށް ދިއުމަށް ދަތުރުފަށާނެއެވެ. އަދި މާދަމާގެ ވަގުތެއްގައި އެނބުރި މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކުމާއި ދެންވެސް ހިމެނޭ ވާޖިބުތައް އަދާކުރުމުން، ޙައްޖުވެރިންގެ ފުރަތަމަ ތަޙައްލުލުވެ އިޙްރާމް ކެނޑޭނެއެވެ.

ކޮމެންޓް
ފަހުގެ
HDC