logoEN
WAMCO TOP 1
ބޮޑު އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ކުރާނެ!

ބޮޑު އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ކުރާނެ!

# އަޟްހާ އީދު# އީދު ނަމާދު

-

މި އަހަރުގެ އަޟްހާ އީދު ނަމާދު މާލޭގެ 25 މިސްކިތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މިއަހަރުގެ އަޟްހާ އީދު ދުވަސް މާދަމާ އަށް ވާއިރު، މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އަޢުޡަމާއި މަސްޖިދު މަލިކި ސަލްމާންގެ އިތުރުން މާލެ ސަރަހައްދުގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ އެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓްބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ފޭސް 2 ގެ ކުޅިވަރު އެކުވެނީގަ އެވެ.

މީގެއިތުރުން ހުޅުމާލެ ފޭސް 2 ގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ ޒުވާން ޚަޠީބު އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިން އެވެ.

މާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްމަސްޖިދު މަލިކި ސަލްމާންމަސްޖިދުލް ފުރްޤާންމަސްޖިދުއް ނޫރުމަސްޖިދުއް ޝަހީދު ޢަލީމަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)މަސްޖިދު ޞަލާޙުއްދީންމަސްޖިދު ޖަލާލުއްދީންމަސްޖިދު އިބްރާހީމްމަސްޖިދު އިސްކަންދަރުމަސްޖިދު ޔޫސުފުލް ބަރުބަރީމަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)މާފަންނު އާ މިސްކިތް

ހުޅުމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް

މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީމަސްޖިދު ރަޝީދުމަސްޖިދު ޢަޒީޒާ މޫސާމަސްޖިދު އަޞްދީޤާމަސްޖިދުލްވާލިދައިނިމަސްޖިދުލް ޙަސަން އާދަމްމަސްޖިދު އުޘްމާން ބިން ޢައްފާން

ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގަ އެވެ.

މި ދުވަސްކޮޅަކީ މޫސުން ގޯސް ވިއްސާރަ ދުވަސްކޮޅަކަށްވެފައިވާތީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް ޢީދު ނަމާދުކުރާނެ އެވެ. ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00ގަ އެވެ.

ކޮމެންޓް
ފަހުގެ
HDC