
ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ!
# އަޟްހާ އީދު--
ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށް އެވުޒާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން އިއްޔެ ބުނީ ހައްޖު ދުވަހާއި އަޟުޙާ ޢީދުގެ މުނާސަބަތުގައި ޖޫން މަހުގެ 5، 8 އަދި 9 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ވެސް މި ދުވަސްތަކުގައި ބަންދުވާނެ ކަމަށެވެ.
އެހެންނަމަވެސް، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިނާއި އިޖުތިމާޢީ އަދި ޢާއިލީ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިން އިން ކުރިއެކޭވެސް އެއްފަދައިން 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބެމުންދާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅަން ޖެހޭ ހޮޓްލައިންއަކީ 1412 އެވެ. އަދި ޢާއިލީ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅަންޖެހޭ ހޮޓްލައިންއަކީ 1421 އެވެ.
ގުޅުންހުރި

މިޢީދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް ޢާޒިމް އެދިވަޑައިގެންފި

ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ!

މާލެ ސަރަހައްދުގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ!
