
މިޢީދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް ޢާޒިމް އެދިވަޑައިގެންފި
# އަޟްހާ އީދު--
މި ޢީދަކީ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުމާއި އާއިލީ ގުޅުމާއި ލޯތްބާއި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފި އެވެ.

މޭޔަރ ޢާޒިމް މިކަމަށް އެދިވަޑައިގެންނެވީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާ ގުޅީގެން އެމަނިކުފާންގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ޝައްކެތްނެތް ގޮތުގައި ޙައްޖުގެ މަތިވެރި އަޅުކަމާގުޅިގެން، މުސްލިމުން ފާހަގަ ކުރަމުންދާ އަޟުޙާ ޢީދަކީ، ވަރަށް މާތް، ވަރަށް މަތިވެރި ޢިޖުތިމާޢީ ބޭނުންތަކަށް ޓަކައި، މުސްލިމުން ފާހަގަކުރަމުންދާ ޢީދެއް ކަމަށެވެ.
"އަޅުގަނޑުގެ ދުޢާއަކީ މި ޢީދަކީ ރައްޔިތުންގެ މެދުގައި ދޭދޭ ގުޅުމާއި އާއިލީ ގުޅުމާއި ލޯތްބާއި އެކުވެރިކަން އާލާވެގެންދާ ޢީދަކަށްވުން." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައިވެސް ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައެވެ.
ގުޅުންހުރި

މިޢީދަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާވެގެންދާ ޢީދަކަށް ހެދުމަށް ޢާޒިމް އެދިވަޑައިގެންފި

ޢީދު ބަންދުގައިވެސް އިޖުތިމާޢީ ވުޒާރާގެ ހޮޓްލައިންތަކުން ޚިދުމަތް ލިބިވަޑައިގަންނަވާނެ!

މާލެ ސަރަހައްދުގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ!
