
-
އަޟްޙާ ޢީދާ ގުޅުވައިގެން މުޖުތަމަޢުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގައި އެމްއޭސީއެލުންވެސް ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

މޭ މަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޢީދު ހަވީރު 1447" ފެސްޓިވަލުގައި އެ ކުންފުނީގެ ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ މިހާރު ހަމަޖެހިފައި އެވެ.
އެމްއޭސީއެލުން ބުނީ ދިވެހިވަންތަ އަދި ސަޤާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ މި ހަރާކާތުގައި ކޯޑީއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައްވެސް ކުރިއަށް ދާނެ ކަމަށާއި މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަޤުބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެކަމަށެވެ
އަދި އެ ކުންފުނީގެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީ ގެ)އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ ޢައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށާއި މިއާއެކު ކުޑަކުދިންނަށް ޚާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިންގ ކޯނަރތައްވެސް މި ސްޓޯލްގައި ޤާއިމްކުރެވިފައި ހުންނާނެކަމަށެވެ.
އެމްއޭސީއެލްގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާރކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެއެވެ.
މިއަހަރުގެ ޢީދު ޚާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަކުރުންތެރިޔާ ޢަލީ އަޝްފާޤުގެ ހުނަރުތައްވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެއެވެ.
ގުޅުންހުރި

އަޟްޙާ އީދު ހަވީރު 1447 ގައި މިފަހަރުވެސް އެމްއޭސީއެލްގެ ޚާއްސަ ހަރަކާތްތަކެއް!

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ ވީއައިއޭގެ ދައުރު ވަރުގަދަކުރަން މަސައްކަތް އެބަކުރެވޭ - ޝަރީފް

ދިވެހި ހައްޖާޖީންނަށް ވީއައިއޭއިން މިއަހަރުވެސް ޚާއްސަ އިންތިޒާމުތަކެއް!




