logoEN
WAMCO TOP 1
ހައްޖުވެރިން އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ

ހައްޖުވެރިން އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ

# އެމްއޭސީއެލް# ހައްޖުވެރިން

ހައްޖުވެރިން- ފޮޓޯ:ގާފު

ހައްޖުގެ އަޅުކަމަށްފަހު ހައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ.

THE TRAVELLER AD

އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގިން އަދަދެއްގެ ދަތުރުވެރިންނާއި ހައްޖާޖީން އަދި ހައްޖާޖީން ބަލައި ގިނަ ބަޔަކު އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން އެކި ހިސާބުތަކަށް ދަތުރުފަތުރު ކުރުމަށް އެއާޕޯޓަށް އަންނަ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއޭސީއެލް އިން ބުނީ މިކަމުގެ ސަބަބުން އެއާޕޯޓްގެ ޕާކިންގެ އިތުރުން އެއާޕޯޓްގެ ޓްރެފިކަށްވެސް އެ ދުވަސްތަކުގައި ވަރަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެއާޕޯޓަށް އަންނަ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓް ބަސް ބޭނުންކުރުމަށް އެމްއޭސީއެލް އިން އިލްތިމާސްކުރެ އެވެ.

ހައްޖުވެރިން އެނބުރި އައުމަށް މި މަހުގެ 5،7،8، އަދި 9ވަނަ ދުވަހު ހަމަޖެހިފައިވާއިރު، އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގަ އެވެ.

އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގަ އެވެ. އެގޮތުން ފުރަތަމަ ފްލައިޓް މި މަހުގެ 5 ވަނަ ދުވަހު ސައުދީ އެއާލައިންގެ ފްލައިޓްގައި އައުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ފްލައިޓް ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގަ އެވެ.

މި މަހހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ހައްޖުވެރިންގެ ދެވަނަ ގްރޫޕް ގައުމީ އެއާލައިން މޯލްޑިވިއަންގައި އައުމަށް ހަމަޖެހިފައިވާއިރު، މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ.

ހައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ ސައުދީ އެއާލައިންގެ ފްލައިޓެކެވެ.

ހައްޖުވެރިންގެ ފަހު ފްލައިޓް މޯލްޑިވިއަންގެ ފްލެޓެއްކަމަށްވާއިރު، ފަހު ފްލައިޓް އަންނަނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. އަދި މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު އެވެ.

ކޮމެންޓް
ފަހުގެ
HDC