logoEN
WAMCO TOP 1
ކޮންމެ ފަސިންޖަރަކަށް ހަމަހަމަ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ދިނުމަކީ އެމްއޭސީއެލްގެ އަމާޒު - ސީއީއޯ އިބްރާހިމް ޝަރީފް

ކޮންމެ ފަސިންޖަރަކަށް ހަމަހަމަ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ދިނުމަކީ އެމްއޭސީއެލްގެ އަމާޒު - ސީއީއޯ އިބްރާހިމް ޝަރީފް

އަހުމަދު ޝުރާއު

logo

6/8/2026, 3:20:15 PM

# އެމްއޭސީއެލް

-

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މައިގަނޑު އަމާޒެއް ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އެމަނިކުފާނު މިހެން ވިދާޅުވީ، ވީއައިއޭ މެދުވެރިކޮށް ދަތުރުކުރާ "ނަން-ވިޒިބަލް ޑިސްއެބިލިޓީސް" (ފާހަގަކުރަން ދަތި ނުކުޅެދުންތެރިކަން) ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން، އެމްއޭސީއެލްގެ "ބޮލި" އިނިޝިއޭޓިވްގެ ދަށުން ތަރައްޤީކުރި "ކާމް ރޫމް" ހުޅުވުމަށް އެއާޕޯޓުގެ ޓާމިނަލް 1 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ސީއީއޯ އިބްރާހިމް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އެއާޕޯޓުން ޚިދުމަތް ހޯދާ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް ހުޅުވުނު ކާމް ރޫމަކީ ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް، އެމީހުންގެ ދަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދީ، އަޅާލުމާއި އިހުތިރާމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ ވަރަށް ބޮޑު ފިޔަވަޅެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، މިފަދަ ޚާއްޞަ ކާމް ރޫމެއް ޤާއިމުކުރުމަށް ބޭނުންވި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައާއި، އެއާޕޯޓުގެ މުވައްޒަފުން މިކަމަށް ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ވެދެއްވި އަގުނުކުރެވޭފަދަ އެހީތެރިކަމަށްޓަކައި ސީއީއޯ ޝަރީފް ވަނީ އެ ޖަމްޢިއްޔާތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކުންފުނީގެ ކުރިމަގުގެ ތަޞައްވުރަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، އެމްއޭސީއެލްގެ އަމާޒަކީ މި ފެށުނު ޚިދުމަތް ހަމައެކަނި ޓާމިނަލް 1 އަށް އެކަނި ލިބޭނެ ގޮތް ހެދުން ނޫން ކަމަށެވެ. ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 ގެ އިތުރުން ސީޕްލޭން ޓާމިނަލަށްވެސް ފުޅާކޮށް، އެއާޕޯޓުގެ ހުރިހާ ދިމާއަކުންވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC