logoEN
WAMCO TOP 1
ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެެރެފި: ބޯކޮށް ވާރޭވެހޭނެ!

ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް ހުދު ސަމާލު ނެެރެފި: ބޯކޮށް ވާރޭވެހޭނެ!

އަހުމަދު ޝުރާއު

logo

5/25/2026, 6:56:06 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.

THE TRAVELLER AD

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިއަދުގެ 12:00 އިން ފެށިގެން 18:00 އާއި ހަމައަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ބޯކޮށް ވާރޭވެހުމާއި ގުގުރާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާވެސް ވިއްސާރަކުރާނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.

އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން އުޅޭނީ، 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ ކަމަށާއި، ނަމަވެސް ދަތުރުފަތުރު ނުކުރެވޭވަރަށް ގަދަ ނުވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC