logoEN
WAMCO TOP 1
ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި: އިންތިޒާމްތައް ވަރަށް ފުރިހަމަ!

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ތިބީ މިނާގައި: އިންތިޒާމްތައް ވަރަށް ފުރިހަމަ!

އަހުމަދު ޝުރާއު

logo

5/25/2026, 6:48:44 AM

# ހައްޖު ކޯޕަރޭޝަން

-

ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާއަށް ގޮސް، މަޝާއިރުގެ މުޤައްދަސް ބިމުގައި ހޭދަކުރާ 6 ދުވަހުގެ އަޅުކަން ވަނީ ފަށާފައެވެ.

THE TRAVELLER AD

ރޭގެ ވަގުތެއްގައި މިނާއަށް ދިޔުމަށް ފުރި ޙައްޖުވެރިންނަށް ފަތިހުގެ ވަގުތެއްގައި އެ ބިމަށް ދެވިފައިވާއިރު، މިނާ އާއި އަރަފާތުގައިވެސް ޙާޖީން ތިބުމުގެ އެންމެހާ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައެވެ.

މިނާގައި އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަ ޓެންޓުތަކާއި، ކެއިންބުއިމުގެ ކަންކަމަށް ޚާއްޞަ ބުފޭ ސަރަޙައްދުތައް ވަނީ ވަކިން ތައްޔާރުކޮށްފައެވެ. އޭސީކޮށްފައިވާ މި ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ސޯފާ ބެޑަކާއި ބާލިސް އަދި ބެޑްޝީޓް ހުންނާނެއެވެ. މީގެ އިތުރުން މުސައްލަ، ކުޑަ، ފެންފުޅި، ހިލަކޮޅު އަޅާ ކޮތަޅު، ކުޑަ ދަބަހެއް އަދި ބައެއް ކަހަލަ ރީތިވާ ސާމާނު ހިމެނޭ ޚާއްޞަ ޕެކޭޖެއް ކޮންމެ މީހަކަށް ވަކިން ލިބިގެންދާނެއެވެ.

ޙައްޖުވެރިންގެ ފަސޭހައަށްޓަކައި، ޓެންޓުތަކުގެ ބޭރުގައި ފްރިޖްތައް ބަހައްޓައި، ތަފާތު ފިނި ބުއިންތައް އެއްވެސް އަގަކާ ނުލައި ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި، ދިވެހި ޙާޖީންނަށް ޚާއްޞަކޮށް 60 ފާޚަނާ ބަހައްޓާފައިވާއިރު، މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު 5 ގުނަ އިތުރު އަދަދެކެވެ. މިނާއެކޭ އެއްގޮތަށް، ކުރިއަށް އޮތް އަރަފާތް ދުވަހަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއްވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC