
އަންނަ ސީޒަނުގައި ޗެލްސީ ޔޫރަޕުގެ މުބާރާތްތަކުން ނުފެންނާނެ
# އިނގިރޭސި ޕްރިމިއާ ލީގު# ސަންޑަލޭންޑް# ބޭރު ދުނިޔޭގެ ކުޅިވަރު# ޗެލްސީޗެލްސީ އާއި ސަންޑަލޭންޑް ވާދަކުރި މެޗުގެ ތެރެއިން...
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ސަންޑަލޭންޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން ބަލިވެ، އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ޗެލްސީއަށް ގެއްލިއްޖެއެވެ.

ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ސަންޑަލޭންޑް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ.
ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސަންޑަލޭންޑް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓްރައި ހިއުމް އެވެ. އަދި ސަންޑަލޭންޑުން ލީޑު ފުޅާކުރި ލަނޑަކީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޗެލްސީގެ ޑިފެންޑަރު މެލޯ ގުސްޓޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޗެލްސީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކޯލް ޕާމާ އެވެ. އަދި ޗެލްސީއަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު މެޗުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ވެސްލީ ފޮފާނާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 38 މެޗުން ސަންޑަލޭންޑަށް 54 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ސީޒަން ނިންމާލީ ތާވަލުގެ ހަތްވަނައިގައެވެ. މިއާއެކު އަންނަ ސީޒަނުގެ ޔުއެފާ ކޮންފަރެންސް ލީގުގެ ޖާގައެއް އެޓީމުން ވަނީ ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ޗެލްސީ އިން ލީގު ސީޒަން ނިންމާލީ ކުޅުނު 38 މެޗުން ހޯދި 52 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.
ގުޅުންހުރި

ގާޑިއޯލާގެ ވަދާއީ މެޗުގައި އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ
.jpg&w=3840&q=75)
ބްރައިޓަން އަތުން ޔުނައިޓެޑް ފަސޭހަކަމާއެކު މޮޅުވިއިރު، ބުރޫނޯއަށް ޕްރެމިއާ ލީގުގެ ތާރީޚީ ރެކޯޑެއް

އަންނަ ސީޒަނުގައި ޗެލްސީ ޔޫރަޕުގެ މުބާރާތްތަކުން ނުފެންނާނެ




