logoEN
WAMCO TOP 1
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ކެރިކް އައްޔަންކޮށްފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ކެރިކް އައްޔަންކޮށްފި

ހަސަން ޝަމްއޫން

logo

5/21/2026, 7:00:00 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# މެންޗެސްޓަރ ޔުނައިޓެޑް# މައިކަލް ކެރިކް

ވެން ރޫނީ (ކ) އަދި މައިކަލް ކެރިކް

މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމުގައި ހުރި މައިކަލް ކެރިކް، ދެ އަހަރު ދުވަހުގެ އެއްބަސްވުމަކާއެކު އެ ކްލަބުގެ ދާއިމީ ކޯޗުގެ މަގާމަށް ޔުނައިޓެޑުން އައްޔަންކޮށްފިއެވެ.

THE TRAVELLER AD

މިސީޒަނުގެ ކުރީކޮޅު ޔުނައިޓެޑްގެ ނަތީޖާތައް ދައްވެ މިއަހަރުގެ ޖެނުއަރީ މަހު އެ ކްލަބުގެ ކޯޗުގެ މަގާމުން ރޫބެން އަމޯރިމް ވަކިކޮށްފައިވާއިރު، އުމުރުން 44 އަހަރުގެ ކެރިކް ޔުނައިޓެޑްއާ ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ.

ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ރަނގަޅު ނަތީޖާތަކެއް ހޯދުމުގެ އިތުރުން، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކޮށްފައެވެ.

މީގެ ކުރިން މިޑްލްސްބަރާގެ ކޯޗުކަން ވެސް ކުރި ކެރިކް، ޔުނައިޓެޑަށް ލީގުގެ ތިންވަނަ ކަށަވަރުކޮށްދިނީ އާދިއްތަ ދުވަހު ނޮޓިންހަމް ފޮރެސްޓް އަތުން ލިބުނު މޮޅާއެކުގައެވެ. ކެރިކް ވަނީ އޭނާ ހަވާލުވި ފަހުން ކުޅުނު 16 މެޗުގެ ތެރެއިން 11 މެޗުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ. އަދި މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ހަ ކޯޗުންގެ ތެރޭގައި ވެސް އޭނާ ވަނީ ހިމެނިފައެވެ.

ކެރިކް ދާއިމީ ކޯޗުކަމުގެ މަގާމަށް އައްޔަންކުރުމަށް ނިންމީ ކްލަބުގެ ޑައިރެކްޓަރ އޮފް ފުޓްބޯލް ޖޭސަން ވިލްކޮކްސް އަދި ޗީފް އެގްޒެކެޓިވް އޮމާރ ބެރާޑާގެ ލަފާގެ މަތިން، ސަ ޖިމް ރެޓްކްލިފް އަދި ގްލޭޒަ އާއިލާގެ ފުރިހަމަ ތާއީދާއެކުގައެވެ. އަދި މަގާމާ ހަވާލުވުމަށްފަހު ކެރިކް ބުނީ، މީގެ 20 އަހަރު ކުރިން އެ ކްލަބާ ގުޅުނު ދުވަހުން ފެށިގެން މެންޗެސްޓާ ޔުނައިޓެޑްގެ ހާއްސަކަން އިހުސާސް ކުރެވޭ ކަމަށެވެ.

"މި ހާއްސަ ފުޓްބޯޅަ ކްލަބަށް އިރުޝާދު ދިނުމުގެ މަސްއޫލިއްޔަތު އުފުލުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު ފަހުރެއް،" ކެރިކް ބުންޏެވެ.

މިއީ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަން ކެރިކް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އޮލެ ގަނާ ސޯލްޝެއާ ވަކިކުރުމުން ވެސް އޭނާ ވަނީ ތިން މެޗުގައި ޓީމަށް އިރުޝާދު ދީފައެވެ.މިއީ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަން ކެރިކް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އޮލެ ގަނާ ސޯލްޝެއާ ވަކިކުރުމުން ވެސް އޭނާ ވަނީ ތިން މެޗުގައި ޓީމަށް އިރުޝާދު ދީފައެވެ.

ކޮމެންޓް
ފަހުގެ
HDC