logoEN
WAMCO TOP 1
ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ

ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ

# ވަތަނީ ހިދުމަތް# ޑިފެންސް މިނިސްޓްރީ

ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުން- ފޮޓޯ: ޕީއެސްއެމް

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ނިންމާ 63 ބައިވެރިޔަކު ދަސްވެނިވެއްޖެ އެވެ.

THE TRAVELLER AD

މިއީ މި ޕްރޮގްރާމްތަކުގެ ތެރެއިން ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގް ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގް ފުރަތަމަ ބެޗުގައި ދަރިވަރުންގެ ތެރެއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރި ކުދިންނެވެ. އަދި މި ފްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް އެންމެ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ހަތަރު މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ މި ފަންނީ ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ބ.ކިހާދޫގައި ހުންނަ ސްކޫލް އޮފް އިންޖީނިއަރިންގް އެންޑް ލޮޖިސްޓިކްގަ އެވެ. އަދި މި ޕްރޮގްރާމްގައި މައިގަނޑު 6 ދާއިރާއަކުން ދަރިވަރުން ތަމްރީނުކޮށްފައިވެ އެވެ. އޭގެތެރޭގައި އިލެކްޓްރިޝަން، އޮޓޯމޮބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގް، ރެފް އެންޑް އޭސީ، އޮފީސް މެނޭޖްމެންޓް އަދި ބިލްޑިން އެންޑް ފެބްރިކޭޝަން ހިމެނެ އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހި ޤައުމީ ޕްރޮގްރާމުގައި ރާއްޖޭގެ 15 އަތޮޅެއްގެ 35 ރަށަކަށް ނިސްބަތްވާ 65 ޒުވާނުން ބައިވެރިވެފައިވާއިރު، 63 ބައިވެރިޔަކު ވަނީ ތަމްރީނުތައް ނިންމާލާފަ އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ އޭގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.ވަތަނީ ހިދުމަތުގެ ދެވަނަ ބުރުގެ އަސާސީ ތަމްރީނުތައްވެސް މިހާރު ވަނީ ނިންމާލާފަ އެވެ. އަދި މި ބުރުގައި 350 ބައިވެރިން ބައިވެރިވެފައިވާއިރު 343 ބައިވެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. އަދި މީގެ ތެރެއިން 80 ބައިވެރިޔަކު ފަންނީ ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް ވަތަނީ ހިދުމަތާއި ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ..

ކޮމެންޓް
ފަހުގެ
HDC