logoEN
WAMCO TOP 1
ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް 77 ޒުވާނުން ކިހާދޫއަށް ފުރައިފި

# ވަތަނީ ހިދުމަތް# އެމްއެންޑީއެފް# ރައީސް މުއިއްޒު

ފަންނީ ތަމްރީނަށް ފުރި ބައިވެރިން- ފޮޓޯ: ރައީސް މުއިއްޒު

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކޮށް ފަންނީ ތަމްރީނުގައި ބައިވެރިވާ ކުރިމަތިލީ ބައިވެރިން ބ.ކިހާދޫ އަށް ފުރައިފި އެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ކިހާދޫގައި ގާއިމްކޮށްފައިވާ އެމްއެންޑީއެފްގެ ސްކޫލް އޮފް އިންޖީނިއަރިން އެންޑް ލޮޖިސްޓިކް އަށް މިއަދު ފުރާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

View post on Twitter

މި ތަމްރީނަށް ފުރާފައިވަނީ ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުންނެވެ. އަދި މި ތަމްރީނުގައި ބައިވެރިވެ، ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދެ އެވެ.

ދިވެހި ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނުގެ ފުރަތަމަ ބުރުގެ 344 ބައިވެރިން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މީގެ ތެރެއިން 63 ބައިވެރިންނަކީ އޭގެ ތެރެއިން ވަކި ފަންނީ ދާއިރާތަކުން ކުރިއަށްދިއުމަށް ތަމްރީނު ހޯދި ކުދިންނެވެ.

ކޮމެންޓް
ފަހުގެ
HDC