
-
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދުގެ އަރިހަށް، ދިވެހިރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމްބަސީގެ ޗާޖޭ އެފެއާޒް ހިޒް އެކްސެލެންސީ ހީބާ އަލްޖުނައިބީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ޑިފެންސް މިނިސްޓްރީގައި މި ޒިޔާރާތުގެ ތެރެއިން ދެބޭފުޅުން ވަނީ ދިފާއީ ކަންކަމާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރައްވާފައި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އަދި ގާތް ބައިލެޓްރަލް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެފަރާތުގެ ދިފާއީ އަދި ސަލާމަތީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ސަރަހައްދީ ކަންތައްތަކާއި ތަރައްގީތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.






