
ދިފާޢީ ދާއިރާއިން އިންޑިއާއިއެކު ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި
# ޑިފެންސް މިނިސްޓްރީ-
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުން ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.
ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާއަކީ ރާއްޖެއަށް ދިފާއީ ދާއިރާއިން އެންމެ ބޮޑެތި އެހީތެރިކަމެއް ދެމުން އަންނަ ގައުމެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އިންޑިއާ އަސްކަރިއްޔާއާއިއެކު ގިނަ އަސްކަރީ ތަމްރީނުތައްވެސް ދަނީ ކުރިޔަށްގެންދަމުންނެވެ.
ގުޅުންހުރި

ވަތަނީ ހިދުމަތުގެ ފަންނީ ޕްރޮގްރާމުން 63 ބައިވެރިޔަކު ދަސްވެނިވެއްޖެ

ރާއްޖެ އާއި ޔޫއޭއީގެ ދިފާއީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިފާޢީ ދާއިރާއިން އިންޑިއާއިއެކު ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި




