
ރޮނާލްޑޯގެ ދެލަނޑާއެކު ޑަމަކް ބަލިކޮށް އަލް ނަސްރުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި
# ޑަމަކް # ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު# އަލް ނަސްރުރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ....
ސައުދީ ޕްރޯ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޑަމަކް ބަލިކޮށް އަލް ނަސްރުން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ.

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި ތާވަލުގެ ދެވަނައިގައި އޮތް އަލް ހިލާލް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީގުގައި ޑަމަކް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން އަލް ފައިހާ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އިންނެވެ.
ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ އަލް ނަސްރު އިންނެވެ. އަދި މިމެޗުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެލަނޑު ކާމިޔާބުކުރިއިރު، ސަޑިއޯ މާނޭ އަދި ކިންގްސްލީ ކޯމަން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޑަމަކް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް މޮރްލޭ ސެލާ އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަލް ނަސްރުގެ ކެޕްޓަން ރޮނާލްޑޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 34 މެޗުން އަލް ނަސްރަށް 86 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ޑަމަކް އިން ލީގު ނިންމާލީ ކުޅުނު 34 މެޗުން ހޯދި 29 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. މިއާއެކު އެޓީމު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.
މިމެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު މިސީޒަނު ސައުދީ ލީގުގައި ކުޅުނު 30 މެޗުގައި ވަނީ 28 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިދެލަނޑާއެކު ރޮނާލްޑޯގެ ކެރިއަކުގައި ކުލަބަށާއި ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 973 އަށް އަރާފައެވެ. އަދި މިއީ ރޮނާލްޑޯގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރި 37 ވަނަ ތައްޓެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




