
ފަސްޓް ލޭޑީ ޝަރަފްވެރިކޮށްދެއްވި ސިފަމާ ފަން ރަން ކާމިޔާބުކަމާއެކު ނިންމާލައިފި
# ދިވެހި ކުޅިވަރު # ސިފަމާ ފަން ރަން 2026ސިފަމާ ފަން ރަން 2026 ގެ ތެރެއިން ބޭއްވި ކޭކް ފެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން..ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ "ސިފަމާ ފަން ރަން 2026" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ސިފަމާ ފަން ރަން 2026 ރަސްމީކޮށް ފެއްޓުމަށް ބޭވުނު ރަސްމިޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވުމުގެ އިތުރުން އެކަމަނާ ވަނީ މި ޙަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުންނެވެ.
ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ ސިފަމާގެ ޗެއަރޕާރސަން ޚަދީޖާ ޒީނާ ރިފްޢަތުއެވެ.
ސިފައިންގެ ޢާއިލާ އާއި އާއްމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މިދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.
މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ފަރާތުން މިދުވުން ކުރިއަށް ގެންދިޔަ ދެވަނަ އަހަރެވެ.
ގުޅުންހުރި

ފަސްޓް ލޭޑީ ޝަރަފްވެރިކޮށްދެއްވި ސިފަމާ ފަން ރަން ކާމިޔާބުކަމާއެކު ނިންމާލައިފި

"ސިފަމާ ފަން ރަން 2026" އިވެންޓްތަކާއި ގުޅިގެން މިއަދު ހަވީރު ހުޅުމާލޭގެ ބައެއްމަގުތަކުގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފި

ސިފަމާ ފަން ރަން 2026 މާދަމާ ހެނދުނު ފަށަނީ




