logoEN
WAMCO TOP 1
ދައްތަ ބަލިކޮށް ނަބާ, އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި

ދައްތަ ބަލިކޮށް ނަބާ, އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

5/12/2026, 9:13:01 PM

# ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް# ދިވެހި ކުޅިވަރު

ނަބީހާ އާއި ނަބާހާގެ ޕެއާ އިން މުބާރާތުގެ ޑަބަލްސް އިވެންޓުގައި ކުޅެނީ.. ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

މިހާރު ކުރިއަށްދާ ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ސީދާ ދެ ސެޓުން އެއްމާބަނޑު ދައްތަ، އަމީނަތު ނަބީހާ އަބްދުލްރައްޒާގު ބަލިކޮށް ފާތިމަތު ނަބާހާ އަބްދުލްރައްޒާގު މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުލްރައްޒާގު މިއަދު ކުޅުނު ފައިނަލް މެޗު ކާމިޔާބުކުރީ 15-7 އަދި 18-16 ގެ ނަތީޖާއަކުން އެވެ. މި ކާމިޔާބީއާއެކު ނަބާހާ ވަނީ ރާއްޖޭގެ އަންހެން ބެޑްމިންޓަންގައި އޭނާ ދަމަހައްޓަމުން އަންނަ މަގާމު ދިފާއުކޮށްފަ އެވެ.

މީގެ އިތުރުން މިމުބާރާތުގެ އަންހެން ޑަބަލްސް ފައިނަލްގައި އަމީނަތު ނަސީމާ އާއި ބުސައިނާގެ ޕެއާ، ފަސޭހަކަމާއެކު ސީދާ ދެ ސެޓުން (15-02 އަދި 15-07) ގެ ނަތީޖާއަކުން ބަލިކޮށް ނަބާހާ އާއި ނަބީހާގެ ޕެއާ އިން ވަނީ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މުބާރާތުގެ މިކްސް ޑަބަލްސް ފައިނަލްގައި ވެސް ނަބާހާ އާއި ނަބީހާ ވާދަކޮށްފައިވާއިރު، ވާދަވެރި ކުޅުމަކަށްފަހު 12-15، 12-15 އަދި 11-15 ގެ ނަތީޖާއަކުން ނަބާހާ އާއި ހުސައިން ޒަޔާން ޝަހީދު ޒަކީގެ ޕެއާ ބަލިކޮށް މުބާރާތުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ނަބީހާ އާއި ނިބާލް އަހްމަދުގެ ޕެއާ އިންނެވެ.

މީގެ އިތުރުން ނަބާހާ އާއި ނަބީހާގެ ވާދަވެރިކަމަކީ ހަމައެކަނި ރާއްޖޭގެ ބެޑްމިންޓަން ކޯޓުގައި އޮތް ކަމެއް ނޫނެވެ. އެގޮތުން އޮކްޓޯބަރު 2024 ގައި ބޮޓްސްވާނާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގެ ސިންގަލްސް ފައިނަލުގައި ވެސް މިދެ ކުޅުންތެރިން ވާދަކޮށްފައިވާއިރު، އެފަހަރު ނަބާހާ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ނަބީހާ ބަލިކުރުމަށްފަހު އެވެ.

ކޮމެންޓް
ފަހުގެ
HDC