
ގާޑިއޯލާގެ ބަދަލުގައި މެންޗެސްޓަރ ސިޓީގެ ކޯޗުކަމަށް މަރެސްކާ
# އިނގިރޭސި ޕްރިމިއާ ލީގު# ޕެޕް ގާޑިއޯލާ# އެންޒޯ މަރެސްކާ# ބޭރު ދުނިޔޭގެ ކުޅިވަރުޕެޕް ގާޑިއޯލާ އާއި އެންޒޯ މަރެސްކާ
އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އިން އެކުލަބުގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާގެ ބަދަލުގައި، އެ ކްލަބުގެ އާ ކޯޗަކަށް އެންޒޯ މަރެސްކާ ހަމަޖައްސަން ނިންމާފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަންނަ އާދީއްތަ ދުވަހު އިއްތިހާދު ސްޓޭޑިއަމްގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މި ސީޒަނުގެ ފަހު މެޗަށްފަހު، ގާޑިއޯލާ ވަނީ ސިޓީ ދޫކޮށްލުމަށް ނިންމާފައެވެ. އަދި މިބަދަލަށް ސިޓީން ތައްޔާރުވަމުން އަންނަތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، 2026-27 ވަނަ ސީޒަނަށް ޓީމު ތައްޔާރުކުރުމަށް މަރެސްކާއާއެކު ކުރެވެމުންދާ މަޝްވަރާތައް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައެވެ.
އުމުރުން 46 އަހަރުގެ މަރެސްކާއަކީ މީގެ ކުރިންވެސް ސިޓީގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. އެގޮތުން، 2022-23 ވަނަ އަހަރު ސިޓީން ތިން ތަށި ކާމިޔާބުކުރި ސީޒަނުގައި އޭނާ ހުރީ ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައެވެ. އަދި އޭގެ ކުރިން އޭނާ ވަނީ ސިޓީގެ އެކަޑަމީގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
ލެސްޓާ ސިޓީ ޕްރެމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން މަރެސްކާ ވަނީ ޗެލްސީ އާއެކު ކްލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން އެޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައި ކޮށްދީފައެވެ.
ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މަރެސްކާއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށާއި ޒުވާން ޓީމަކާއެކު ޗެލްސީގައި އޭނާ ހޯދި ކާމިޔާބީތަކަކީ އާދަޔާޚިލާފު ކާމިޔާބީތަކެއް ކަމަށެވެ. އަދި މަރެސްކާ ސިޓީގެ ކޯޗުކަމާ ހަވާލުވުމަށް ބޭނުންވެފައި ހުރިއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ރަސްމީކޮށް އިޢުލާން ކުރާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު

ސޮބޮސްލައި ލިވަޕޫލުގެ އެއްބަސްވުން އައުކޮށްފި




