
"ހަށި ހެޔޮ ރާއްޖެ" ޕްރޮގްރާމް އޭދަފުށީގައި ފަށައިފި
# ހަށި ހެޔޮ ރާއްޖެ# މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް# ބ. އޭދަފުށި# މިނިސްޓަރު އަބްދު ﷲ ރާފިއު-
"ހަށި ހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ރީޖަން 2 ބ.އޭދަފުށީގައި ފަށައިފި އެވެ.

މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް އަބްދު ﷲ ރާފިއު އެވެ.
މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓްރީގެ ބޭފުޅުންނާއި އޭދަފުށީ ކައުންސިލްގެ ބޭފުޅުން ބައިވެރިވަޑައިގެންފައިވެ އެވެ.
މި ޕްރޮގްރާމްގައި ބ.އަތޮޅުގެ އިތުރުން ރ. އަދި ނ. އަތޮޅުން 60 ފަރާތަކުން ބައިވެރިވެފައިވާއިރު، މީގެތެރޭގައި ކުޅިވަރު ކައުންސިލަރުންވެސް ހިމެނެ އެވެ. އަދި ޕްރޮގްރާމް ފެށިގެން ދިޔައީ އޭދަފުށީގެ އަތިރިމަތީގައި ކުރިއަށްދިޔަ މޫދު ކަސްރަތު ސެޝަންއަކުންނެވެ.
މި ޕްރޮގްރާމްގެ ދަށުން ފަންޑަމެންޓަލް އޮފް ފިޒިކަލް ޓްރޭނިންގް ސެޝަނަކާއި ނިއުޓްރިޝަން ސެޝަނެއްގެ އިތުރުން ޒުމްބާ ސެޝަނެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު އެންޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ "ފިޓްނަސް އެންޑް ރެކްރިއޭޝަން ޑިޕާޓްމަންޓް" ގެ ބެލުމުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގޭ ގައުމީ ޕްރޮގްރާމްގެ މަގްސަދަކީ ރާއްޖޭގެ އަބާދީއަކީ ދުޅަހެޔޮ އާބާދީއަކަށް ހެދުމެވެ.
ސްޕޯޓްސް މިނިސްޓްރީން ވަނީ ކޮންމެ ރަށެއްގައިވެސް މި ޕްރޮގްރާމް ރާވާ ހިންގާނީ އެރަށެއްގައި ހުންނަ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމަންޓް ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޕޯޓްސް ކައުންސިލަރު ކަމަށް ބުނެފަ އެވެ. އަދި ޕްރޮގްރާމް ހިންގާއިރު އެރަށަކަށް އެންމެ މުހިންމު ޕްރޮގްރާމް ހިންގުމަށް އިސްކަންދެ އެވެ. އަދި ރަށުން ލިބެންހ ހުންނަ ވަސީލަތްތަކާއި ރަށުގައި އެކަމުން ތަމްރީން ލިބިފައިވާ ފަރާތްތައް މި ޕްރޮގްރާމްގައި ބޭނުންކުުރުމަށް ހާއްސަ އިސްކަމެއްދޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.


.png&w=3840&q=75)
.jpg&w=3840&q=75)


