logoEN
WAMCO TOP 1
ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މާއްޓޭ، ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަށް ހާނިމް އައްޔަންކޮށްފި

ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މާއްޓޭ، ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަށް ހާނިމް އައްޔަންކޮށްފި

ޖަޒްލާ މުހައްމަދު

logo

4/22/2026, 11:00:55 AM

# މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މާއްޓޭ (ވ)، ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަށް ހާނިމް(ކ)-

މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މިނިސްޓަރުގެ އެޑްވައިޒަރަކަށް މައުރޫފް އަހްމަދު (މާއްޓޭ) އަދި ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރަކަށް މުހައްމަދު ހާނިމް އައްޔަންކޮށްފި އެވެ.

THE TRAVELLER AD

މިކަން އިއުލާންކޮށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ވަނީ އެ ފަރާތްތަކަށް މަރުހަބާ ދަންނަވާފަ އެވެ.

މިނިސްޓަރުގެ އެޑްވައިޒަރަކަށް އައްޔަންކުރެއްވި މައުރޫފް އަމާޒަކަށްވާނީ މާލެއަށް ބަރޯސާވެފައި އޮތް ކުޅިވަރުގެ ވަސީލަތްތަކާއި މުބާރާތްތައް އަތޮޅުތަކަށް ފުޅާކޮށް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކުޅިވަރު ކުރިއެރުވުމަށް މިނިސްޓަރަށް ފަންނީ ލަފާދިނުމެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރާގެ މަގާމަށް އައްޔަންކުރެއްވި ހާނިމްގެ އަމާޒަކަށްވާނީ ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރެގިއުލޭޓް ކުރުމާއި، ކުޅިވަރުގެ ގާނޫނުގެ ދަށުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށްވުރެ ހަލުވިވެ، ހަރުދަނާކުރުމެވެ.

ސްޕެޝަލް އެޑްވައިޒާ ޓު ދަ މިނިސްޓާ އޮން ސްޕޯޓްސް ޑީސެންޓްރަލައިޒޭޝަންގެ މަގާމަށް އައްޔަންކުރެއްވި މައުރޫފްއަކީ ދިވެހި ފުޓްބޯޅައިގެން ތާރީހުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކީޕަރެވެ. އަދި ކޯޗިން އާއި ހިންގުމުގެ ދާއިރާގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ރަން ޒަމާނުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބުތައް ހޯދާފައިވެ އެވެ.

ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރާގެ މަގާމަށް އައްޔަންކޮށްފައިވާ ހާނިމަކީ ސޯލް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރި އެތުލީޓެކެވެ. އަދި ސަރުކާރުގެ ސްޕޯޓްސް މިނިސްޓްރީގެ އެކި ފަންތީގެ މަގާމުތަކުގައި އޭނާ ވަނީ ކުޅިވަރު ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ގައުމީ ފެންވަރުގެ ކުޅިވަރު ސިޔާސަތުތައް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

މީގެއިތުރުން ހާނިމް އަކީ ސްކޭޓިން ރާއްޖެއަށް ތައާރަފްކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރަޖިސްޓްރީވެގެން ހިންގާ ފުރަތަމަ ސްކޭޓިން އެސޯސިއޭޝަނުގެ އިސްވެރިޔާ އެވެ.

ކޮމެންޓް
ފަހުގެ
HDC