.jpg&w=3840&q=75)
އޭދަފުށީގައި ގާއިމްކުރި ފިއުލް ސްޓޭޝަން- ފޮޓޯ: އެފްއެސްްއެމް
ބ. އޭދަފުށީގައި ފިއުލް ސްޓޭޝަނެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ނެތުމުން މަސްވެރިން ހުށަހެޅި ޝަކުވާއަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްގެންގޮސްފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން 18 ފިއުލް ސްޓޭޝަން ގާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ރ. ދުވާފަރު، ހދ.ހަނިމާދޫ، ހއ. އިހަވަންދޫ އަދި އޭދަފުށީގައި ގައި ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފަށާފަ އެވެ. އަދި ށ.މިލަންދޫގައި ގާއިމްކުރާ ސްޓޭޝަންގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ފ.ނިލަންދޫގައި ގާއިމްކުރާ ސްޓޭޝަން ގެ މަސައްކަތް ކުރިއަށްދާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެއިތުރުން ދެން ފިއުލް ސްޓޭޝަން ގާއިމްކުރަނީ ހއ. އިހަވަންދޫ، ގދ. ފަރެސްމާތޮޑާ، ނ.މަނަދޫ، ވ.ފެލިދޫ، ތ.ހިރިލަންދޫ، އއ.މަތިވެރި، މ.މުލައް، ދ.ކުޑަހުވަދޫ އަދި ލ.ގަމުގަ އެވެ.
އެސްޓީއޯއިން ބުނީ ޏ. ފުވައްމުލަކުގައި ތެޔޮ އެޅުމުގެ އިންތިޒާމު އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ބައުޒަރެއް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލަކު، ކޫއްޑޫ، ތިނަދޫ އަދި ފެލިވަރުގައިވެސް އެފްއެސްއެމްގެ ހިދުމަތް ދެ އެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
.gif&w=3840&q=75)






