
ހައްޖުވެރިން- ފޮޓޯ: ގާފު
1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު ފުރައިފި އެވެ.

ހައްޖުވެރިން ފުރާފައިވަނީ އިއްޔެ ހަވީރު 15:25ގައި ސައުދީ އަރަބިއަން އެއާލައިންގަ އެވެ.
މި ފްލައިޓުގައި 268 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފަ އެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފައިވެ އެވެ.
މައްކާއަށް ދާ ހުރިހާ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެ އެވެ.
ގުޅުންހުރި

ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ލުއި ފަސޭހަތަކެއް

ޙައްޖު ކޯޕަރޭޝަނުގެ އައު އެމްޑީއާއި ވަޒީރު ބައްދަލުކުރައްވައި، ޚިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކުރައްވައިފި

ހައްޖުވެރިންނަށް ޚާއްސަކޮށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ޚާއްޞަ ކްލިނިކްތަކެއް!




