logoEN
WAMCO TOP 1
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަގާމުން އިސްތިއުފާދީފި

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަގާމުން އިސްތިއުފާދީފި

އަހުމަދު ޝުރާއު

logo

4/14/2026, 7:50:32 AM

# ޑިފެންސް މިނިސްޓްރީ

-

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

THE TRAVELLER AD

ޣައްސާން އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަޑުފެތުރިފައިވާ ގޮތުގައި ޣައްސާން މަގާމުން އިސްތިއުފާދެއްވީ ސިއްހީ ހާލަތު މިވަގުތު ހުންނެވި ގޮތުންނެވެ. ނަމަވެސް އަދި މިހާތަނަށް މިކަމާއި ގުޅިގެން ޣައްސާން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ.

ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު ޣައްސާން ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.

ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC