logoEN
WAMCO TOP 1
ގެއްލުނު 4 ޑައިވަރުންގެ ހަށިތަށް ފެނިއްޖެ

ގެއްލުނު 4 ޑައިވަރުންގެ ހަށިތަށް ފެނިއްޖެ

އަހުމަދު ޝުރާއު

logo

5/18/2026, 10:11:11 AM

# ދިވެހި ސިފައިން

-

ވ އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު 4 އިޓަލީ ޑައިވަރުންގެ ހަށިގަނޑު ފެނިއްޖެ އެވެ.

THE TRAVELLER AD

ގާފު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ގެއްލުނު 4 އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދާފައިވަނީ އެމީހުން ގެއްލުނު ކަމަށް ބެލެވުނު ހޮހޮޅައިގެ ތިން ވަނަ ސެގްމެންޓުގެ ތެރެއިންނެވެ.

އެމީހުންގެ ހަށިތައް ހޯދާފައިވަނީ މިކަމަށްޓަކައި ރާއްޖެ އައި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަށެވެ.

އެމްއެންޑީއެފުންވެސް ދާދި ދެންމެ އަކު މިކަން ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެގޮތުން އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު 4 ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޚިދުމަތާއި އަދި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.

އެގޮތުން ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެމީހުން ޑައިވް ކުރި ކޭވް (ހޮހަޅަ) ތެރެއިން ކަމަށާއި އަދި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ކޭވްއިން ނެގުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައި އެވެ.

އިތުރު ތަފްސީލް އަންނަނީ ..

ކޮމެންޓް
ފަހުގެ
HDC