
ވާދޫ ކައިރިއަށް ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ވާދޫ ކައިރިއަށް ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދާދި ދެންމެ އަކު ވިދާޅުވީ ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އެޅުމަށް މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު، 2026 މެއި 18 ވަނަ ދުވަހުގެ މެންދުރު 12:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގައި ގެނބުނު މީހާ ގދ. ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
ނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުލުހުންގެ ޚާއްޞަ ޤާބިލްކަން އިތުރުކުރުމަށް ބާއްވާ ފުރަތަމަ "ސްވަޓް ބޭސިކް ޓްރޭނިންގ" ދ. ވާނީގައި ފަށައިފި

ވާދޫ ކައިރިއަށް ރާޅާ އަޅަން ފައިބައިގެން އުޅެނިކޮށް ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ

ގދ ވާދޫގައި ރާޅާ އަޅަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ: ހާލު ސީރިއަސް، ފަރުވާއަށް ސިއްހީ މަރުކަޒަށް!




