logoEN
WAMCO TOP 1
ގދ ވާދޫގައި ރާޅާ އަޅަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ: ހާލު ސީރިއަސް، ފަރުވާއަށް ސިއްހީ މަރުކަޒަށް!

ގދ ވާދޫގައި ރާޅާ އަޅަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ: ހާލު ސީރިއަސް، ފަރުވާއަށް ސިއްހީ މަރުކަޒަށް!

އަހުމަދު ޝުރާއު

logo

5/18/2026, 8:30:43 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގދ ވާދޫގައި ރާޅާ އަޅަން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ހަބަަރު ހުސްވެފައި އޮތްވާ ފެނިއްޖެ އެވެ.

THE TRAVELLER AD

ގާފު ނޫހަށް މައުލޫމާތު ދެމުން މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ގދ ވާދޫ ބްލޫބޯލް ރާޅު ޕޮއިންޓަށް ރާޅާ އަޅަން ފޭބި ފަތުރުވެރިއަކަށް ރާޅާ އެޅުމުގެ ތެރޭގައި އަނިޔާވެ މޫދަށް ވެއްޓި ގެެއްލިގެން ހޯދަމުން ދަނިކޮށް މިހާރު ފެނިފައިވާ ކަމަށެވެ.

އެގޮތުން އެމީހާ ހޯދުމަށް ހަރަކާތްތެރިވި ފުލުހުންގެ ޓީމަކުން އޭނާގެ ހޯދައި މިހާރު ގދ ވާދޫއަށް ގެނެސްފައިވާ ކަމަށާއި އޭނާ ރަށަށް ގެނައި އިރުވެސް ފުލުހުން އޭނާއަށް ސީޕީއާރް ދެމުން ދިޔަކަމަށް ގާފަށް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައި އެވެ.

އެމީހާއަށް ފަރުވާ ދިނުމަށް މިހާރު އެރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާއިރު އަދި މިހާތަނަށް އެމީހާގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައި އެވެ.

ކޮމެންޓް
ފަހުގެ
HDC