logoEN
WAMCO TOP 1
އަލް ނަސްރު ބަލިކޮށް ގެމްބާ އޮސާކާ އިން އޭޝިއަން ޗެމްޕިއަންސް ލީގު 2 ކާމިޔާބުކޮށްފި

އަލް ނަސްރު ބަލިކޮށް ގެމްބާ އޮސާކާ އިން އޭޝިއަން ޗެމްޕިއަންސް ލީގު 2 ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

5/16/2026, 8:49:53 PM

# ގަމްބާ އޮސާކާ# ބޭރު ދުނިޔޭގެ ކުޅިވަރު# އޭއެފްސީ ޗެމްޕިއަންސް ލީގު 2# އަލް ނަސްރު

ގެމްބާ އޮސާކާގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު..

އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލުގައި މިރޭ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށް ފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖަޕާނުގެ ގެމްބާ އޮސާކާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

އަލް ނަސްރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ގަތަރުގެ އަލް އަހްލީ ދޯހާ 5-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ގެމްބާ އޮސާކާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި ތައިލޭންޑްގެ ބެންކޮކް ޔުނައިޓެޑް 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ސައުދީ ވެރިރަށް ރިޔާދުގެ ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އަލް ނަސްރު މެޗު ޑޮމިނޭޓްކުރި ނަމަވެސް ކައުންޓާ އެޓޭކުތަކުގައި ގެމްބާ އޮސާކާ އިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެގޮތުން މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ގެމްބާ އޮސާކާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތުރުކީ ފޯވާޑް ޑެނިޒް ހަމާރޓް އެވެ. މީގެ އިތުރުން މިމެޗުގައި އަލް ނަސްރުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގު 2 އަކީ މީގެ ކުރިން ބާއްވަމުން އައި އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ބަދަލުގެނެސް އެ މުބާރާތުގެ ބަދަލުގައި މިހާރު ބާއްވަމުން އަންނަ އޭއެފްސީގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ދެވަނައަށް އެންމެ ޝަރަފުވެރި މުބާރާތެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ ކުލަބުތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ 2005 ވަނަ އަހަރު މުބާރާތުގެ ސެމީފައިނަލުގައި ކުޅުމުގެ އިތުރުން 2013 ވަނަ އަހަރު މިމުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC