
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިންޒަތުގައި މިރޭ!
# އެމްއެންޑީއެފް-
ފެލިދެއަތޮޅުގައި ފީނަން ދިޔަ އިޓަލީގެ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ކުއްލި ގޮތަކަށް ނިޔާވި، އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވާނެއެވެ.

އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ މައްޗަށް ކުރެވޭ ކަށުނަމާދު، އިސްލާމީ މަރުކަޒުގައި މިރޭ 22:00ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މައްޔިތާގެ މޫނު ދެއްކުން މިރޭ 19:00އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެ ކަމަށެވެ.
ކަށުނަމާދަށް ފަހު، މައްޔިތާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މާލެ މައްޗަންގޮޅީ އާސަހަރާގައެވެ.
ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީގެ ޖަނާޒާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެދުމެކެވެ.






