logoEN
WAMCO TOP 1
މާލޭ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

މާލޭ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި

# އެމްއެންޑީއެފް

-

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

THE TRAVELLER AD

އެމްއެންޑީއެފް އިން ވިދާޅުވީ، ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވޭނެ ކަަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އަންނަނީ ސަމާލު ނެރެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް 9:10 އިން މެންދުރު 1:00 އަށެވެ. މި މުއްދަތުގަައި ބާރަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC