logoEN
WAMCO TOP 1
ޑައިވަރުން ތިބި ކަމަށް ބެލެވެނީ 60 މީޓަރު އަޑީގެ ކޭވްއެއްގެ ތެރޭގައި، މިއީ ނުރައްކާތެރި ހައި ރިސްކު އޮޕަރޭޝަނެއް - ސިފައިން

ޑައިވަރުން ތިބި ކަމަށް ބެލެވެނީ 60 މީޓަރު އަޑީގެ ކޭވްއެއްގެ ތެރޭގައި، މިއީ ނުރައްކާތެރި ހައި ރިސްކު އޮޕަރޭޝަނެއް - ސިފައިން

އަހުމަދު ޝުރާއު

logo

5/14/2026, 3:51:31 PM

# އެމްއެންޑީއެފް

-

ވ އަތޮޅަށް ޑައިވިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު 5 މީހުންގެ ތެރެއިން މިހާރު ގެއްލިގެން ހޯދަމުންދާ 4 މީހުންވެސް ތިބި ކަމަށް ބެލެވެނީ ކަނޑު އަޑީގެ ކޭވްއެއްގެ ތެރޭގައި ކަމަށް ސިފައިން ހާމަކޮށްފި އެވެ.

THE TRAVELLER AD

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ. މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށެވެ.

އެގޮތުން ގެއްލުނު ކަމުގެ ރިޕޯޓު ލިބުނު 5 ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިން ކަމަށާއި އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް ސިފައިން ވަނީ ބުނެފައި އެވެ.

ސިފައިން އިތުރަށް ބުނީ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު އެސަރަހައްދަށް ފޮނުވާފައިވާ ކަންވެސް ވަނީ ސިފައިން ހާމަކޮށްފައެވެ.

އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެކަންވެސް ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC