logoEN
WAMCO TOP 1
އައްޑަނަ މަޖައްލާގެ 39ވަނަ އަދަދު ނެރެފި

އައްޑަނަ މަޖައްލާގެ 39ވަނަ އަދަދު ނެރެފި

# ސިފައިންގެ ދުވަސް# އެމްއެންޑީއެފް

އައްޑަނަ މަޖައްލާގެ 39ވަނަ އަދަދުގެ ތީމް "އަސްކަރީ އަޚުލާޤު"މަޖައްލާ- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ދިވެހި ސިފައިންގެ މަޖައްލާ "އައްޑަނަ" ގެ 39 ވަނަ އަދަދު މިއަދު ނެރެފި އެވެ.

THE TRAVELLER AD

އެމްއެންޑީއެފް އިން އަހަރަކު ދެ ފަހަރު ނެރުމުން އަންނަ އައްޑަނަ މަޖައްލާއަކީ ރަޖިސްޓްރީކޮށްގެން 2007 ވަނަ އަހަރުން ފެށިގެން އާންމުކޮށް ނެރުމުން އަންނަ މަޖައްލާއެކެވެ.

މަޖައްލާ ޝާއިއުކުރަމުން ދަނީ ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެންނެވެ.

އެގޮތުން މިއަހަރުގެ ސިފައިންގެ ދުވަހު ނެރުނު އަދަދުގެ ތީމަކީ "އަސްކަރީ އަޚުލާޤު" އެވެ. މި މަޖައްލާގައި ރާއްޖޭގެ ފުންނާބުއުސް ޢިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި، ޤައުމިއްޔަތު، އިޖުތިމާޢީ، ދީނާއި ދުނިޔެ، ތާރީޚު، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ ލިޔުންތައް ހިމަނާފައިވެ އެވެ. މި އަދަދު ގިނަ ބަޔަކަށް ކިޔާލަން މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކިޔާލެވޭ ގޮތަށް އެމްއެންޑީއެފް ވެބްސައިޓާއި އައްޑަނަ ވެބްސައިޓްގައި މިހާރު ވަނީ ޝާއިޢުކޮށްފަ އެވެ. އަދި ކިޔުންތެރިންނަށް މިހާރު އޮންލައިންކޮށް މަޖައްލާ ކިޔާލުމުގެ އިތުރުން ޑައުންލޯޑު ވެސް ކުރެވޭނެ އެވެ.

ކޮމެންޓް
ފަހުގެ
HDC