logoEN
WAMCO TOP 1
ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެފްއޭކަޕް ކާމިޔާބުކޮށްފި

ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީ އިން އެފްއޭކަޕް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

5/16/2026, 3:12:00 PM

# މެންޗެސްޓާ ސިޓީ # ބޭރު ދުނިޔޭގެ ކުޅިވަރު# އިގިރޭސި އެފްއޭ ކަޕް# ޗެލްސީ

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ..

އިނގިރޭސި އެފްއޭކަޕް ފައިނަލުގައި މިރޭ ޗެލްސީ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އިން މުބާރާތުގެ ޗެމްޕިއަންކަން އަށްވަނަ ފަހަރަށް ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދީ ސެމީފައިނަލުގައި 2-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން ބަލިކުރުމަށްފަހު އެވެ. އަދި ޗެލްސީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި 1-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.

ލަނޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ ފޯވާޑް އެންޓޮއިން ސެމެންޔޯ އެވެ. މިއީ އެޓީމުގެ ނޯވޭ ފޯވާޑް އެރްލިންގް ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

2023 ވަނަ އަހަރުގެ ފަހުން މެންޗެސްޓާ ސިޓީ އިން ފުރަތަމަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރި ނަމަވެސް ފާއިތުވެދިޔަ ދެ އަހަރު ވެސް އެޓީމުން ވަނީ ފައިނަލުގައި ވާދަކޮށްފައެވެ. އެގޮތުން 2024 އަހަރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވިއިރު، 2025 ވަނަ އަހަރު އެފްއޭކަޕްގެ ފައިނަލުގައި އެޓީމު ބަލިވީ ކްރިސްޓަލް ޕެލަސް އަތުންނެވެ.

މީގެ އިތުރުން ޗެލްސީ އިން މި މުބާރާތް މީގެ ކުރިން އަށް ފަހަރަށް ކާމިޔާބުކޮށްފައިވާއިރު، އެފްއޭކަޕްގެ ފައިނަލުގައި 2020، 2021 އަދި 2022 ވަނަ އަހަރުގައި ވާދަކޮށް ޗެލްސީ ވަނީ ބަލިވެފައެވެ. އަދި މިއީ އެޓީމު އެފްއޭކަޕްގައި ޖެހިޖެހިގެން ބަލިވި ހަތަރުވަނަ ފައިނަލެވެ.

ކޮމެންޓް
ފަހުގެ
HDC