logoEN
WAMCO TOP 1
 "ބަތް ކައްކާ ކުޅޭ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް!

"ބަތް ކައްކާ ކުޅޭ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް!

އަހުމަދު ޝުރާއު

logo

5/14/2026, 7:17:30 PM

# ރައީސް މުއިއްޒު

-

ރާއްޖޭގެ ޑިމޮކްރެސީއަށް މިހާރު ބޭނުންވަނީ ސިޔާސީ ކަންކަން ކުރާނެ، ޒިންމާދާރު އިދިކޮޅު ބައެއް ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

އެަމަނިކުފާނު މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން މި ސަރުކާރުން އިސްކުރަނީ ގައުމުކަމަށާއި ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ކޮންމެ ކަމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެއްވެސް ވަރަކަށް ގައުމު ނޫން ވިސްނުމެއް މި ސަރުކާރުގެ ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ޕޮލިސީތަކަކަށް އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކަކަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތްކަމަށާއި އަދި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާގޮތާއި ބެހޭގޮތުން އަދި ނަތީޖާ ނެރެދެމުންދާ ގޮތާއި ބެހޭގޮތުން މިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެކަމަށް ބުނެވޭނެ އެއްވެސް އެއްޗެއް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށް ރައީސް ވިދާޅުވިއެވެ

ޑިމޮކްރަސީގެ ވާހަކަދައްކާއިރުގައި މިވަގުތު މަދުވާ ކަމަކީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން. ގައުމަށް މިހާރު ބޭނުން ވަނީ ސިޔާސީ ކަންކަން ކުރާނެ، ޒިންމާދާރު އިދިކޮޅު ބައެކެވެ. "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ހިންގި ބޮޑު ޚިޔާނާތް ބަލާ ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި އޭގެ ކުރީ ސަރުކާރުގެ ދުވަސްވަރު ހިންގި އެމްއެމްޕީއާރުސީގެ ވައްކަން ފަދަ ކަންކަން ބަލާ އެކަންކަން ހުރި މީހުންނަށް ޙައްޤު އަދަބު ދޭން ޖެހޭ ކަމަށެވެ. އެއީ ރައްޔިތުން އެދޭ ގޮތް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވައްކަމާއި ޚިޔާނާތަށް އެމަނިިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC