logoEN
WAMCO TOP 1
ޕީއެންސީން މިރޭ ބާއްވާ ޖަގަހަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ!

ޕީއެންސީން މިރޭ ބާއްވާ ޖަގަހަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ!

އަހުމަދު ޝުރާއު

logo

5/14/2026, 10:45:32 AM

# ރައީސް މުއިއްޒު

-

ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ޖަގަހަ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންވާނެ ކަމަށް ޕީއެންސީން ހާމަކޮށްފި އެވެ.

THE TRAVELLER AD

ޕީއެންސީން މިއަދު ބުނީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ޕާޓީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވާ ކަމަށެވެ.

އެގޮތުން މި ޖަގަހަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކޮންގްރެސް ޕާޓީ އޮފީސް (ހ. ވެޔޮވިލާ) ގައި އެވެ.

ޕީއެންސީން ވަނީ މި ޖަލްސާގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވާނެކަން ވެސް މިއަދު ހާމަކޮށްފައެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި އެވެ. ވަކީން ޚާއްސަކޮށް އިދިކޮޅުގެ ތާއީދު ބޮޑު ބައެއް ރަށްތަކުގެ ފުރިހަމަ މެޖޯރިޓީވެސް މިފަހަރު ޕީއެންސީ ހޯދާފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC