logoEN
WAMCO TOP 1
ރައީސްގެ ވަރުގަދަ ރައްދެއް: " އަބުރު ކަތިލަން ދޮގު ޑޮކިއުމެންޓަރީތައް ހެދުވަރަކަށް އަޅުގަނޑަށް ލިބޭނީ ފައިދާއާއި ސަވާބު"

ރައީސްގެ ވަރުގަދަ ރައްދެއް: " އަބުރު ކަތިލަން ދޮގު ޑޮކިއުމެންޓަރީތައް ހެދުވަރަކަށް އަޅުގަނޑަށް ލިބޭނީ ފައިދާއާއި ސަވާބު"

އަހުމަދު ޝުރާއު

logo

5/14/2026, 7:00:56 PM

# ރައީސް މުއިއްޒު

-

ދޮގު މައުލޫމާތު ހިމަނައިގެން ޑޮކިއުމެންޓަރީތައް ހަދައިގެން ނެރުނު ވަރަކަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ސަވާބާއި ދުނިޔެ އާއި އާހިރަތުގައި ފައިދާކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައީސް މިފަދައިން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ރާއްޖޭގެ ނޫހަކުން ނެރުނު ޑޮކިއުމެންޓަރީއާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާގެ ގަޒްފުކުރުމުގެ މައްސަލައެއް ފުލުހުން ބަލަމުންދާ ދަނޑިވަޅެއްގައި އެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ޑޮކިއުމެންޓަރީ ނެރުނު އަދަދު ނޫހުގެ ސީއީއޯއާއި ޗީފް އެޑިޓަރުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ގޭގް އަމުރެއް ނެރެފައެވެ.

މިކަމާއި ގުޅިގެން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޑޮކިއުމަންޓްރީތައް ހެދުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށާއި އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރުގައި ކެތްތެރިކަން އިސް ކުރުމަށް އިސްލާމް ދީނުގައި މަތިވެރި އިސްކަމެއް ދީފައިވާ ކަމަށާއި އެކަމުން ކެތްތެރިވާ މީހާއަށް އޮތީ ސަވާބު ކަމަށެވެ.

" އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ." ރައީސް ވިދާޅުވިއެވެ.

"ތިޔަބޭފުޅުން އަޅުގަނޑަށް އެހާ ގިނަ ސަވާބު ދެއްވަން ބޭނުން ނަމަ، ގިނަ ގިނައިން ޑޮކިއުމެންޓްރީ ހައްދަވާ. އަޅުގަނޑަށް އަޅުގަނޑަށް އޭގެން ހުރިހާ މޮޅެއް އޮތީ،"

މިފަދައިން މިރޭ އެމަނިކުފާނު ވިދާޅުވިއިރު މީގެ ކުރީންވެސް އެތުހުމަތުތައް ރައީސް ވަނީ ދޮގުކުރައްވާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC