ކާރިސާތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: އެންޑީއެމްއޭ
ކާރިސާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އޮނަރަބަލް ޙަސަން ރަޝީދު އާއި މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ޢާއިޝަތު ޞަފޫރާ އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާ ބައްދަލުކުރައްވެމަށްފަހު އެވެ.
މި ބައްދަލުކުރެއްވުމުގައި އެންޑީއެމްއޭގެ ފަރާތުން ޗީފް އެގްޒެކެޓިވް ހިސާން ހަސަން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅޭގޮތުން އެންޑީއެމްއޭގެ އިސް ބޭފުޅުންނާއެކު ވަޒީރު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެއިތުރުންވެސް ޑިފެންސް މިނިސްޓްރީން ދަނީ ކާރިސާތަކާ ގުޅިގެން އެކި ފިޔަވަޅުތައް އަޅަމުންނެވެ.
ގުޅުންހުރި

ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން 11 ހާދިސާއަކަށް އެޓެންޑުވި!

ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން 65 މެޑިކަލް އިވެކުއޭޝަން ދަތުރު ކޮށްދީފި




