logoEN
WAMCO TOP 1
މެސީގެ ދެލަނޑާއެކު އިންޓަ މިއާމީ އިން ސިންސެނާޓީ ބަލިކޮށްފި

މެސީގެ ދެލަނޑާއެކު އިންޓަ މިއާމީ އިން ސިންސެނާޓީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

5/14/2026, 12:36:08 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ސިންސެނާޓީ# އިންޓަ މިއާމީ # އެމްއެލްއެސް

އިންޓަ މިއާމީ އާއި ސިންސެނާޓީ ވާދަކުރި މެޗުގެ ތެރެއިން..

އެމްއެލްއެސް އީސްޓަން ކޮންފަރެންސް ލީގުގައި ރޭ ފަތިހު ސިންސެނާޓީ އާއި ދެކޮޅަށް ކުޅުނު މެޗު 3-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންޓަ މިއާމީ އިން ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

THE TRAVELLER AD

ލީގުގައި އިންޓަ މިއާމީ އެންމެ ފަހުން ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ޓޮޓެންޓޯ އެފްސީ އަތުން މޮޅުވެފައިވާއިރު، ސިންސެނާޓީ އެންމެ ފަހުން ކުޅުނު މެޗުގައި ޗާލޮޓޭ އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިންޓާ މިއާމީ އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އިންޓަ މިއާމީ އިން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސިންސެނާޓީ އިން ވެސް އިތުރު ދެލަނޑު ކާމިޔާބުކުރިއެވެ.

އެގޮތުން މިމެޗުގައި އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މަޓެއޯ ސިލްވެއްޓީ އަދި ޖަރުމަނު ބާޓެރޭމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ސިންސެނާޓީގެ ކީޕަރު ރޯމަން ސެލެންޓާނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން މިމެޗުގައި ސިންސެނާޓީގެ ކެވިން ޓެންކީ. ޕަވެލް ބުޗާ އަދި އެވެންޓާ މިއިން ކޮންމެ ކުޅުންތެރިއަކު މިމެޗުގައި އެއްލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންޓަ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން އިންޓަ މިއާމީއަށް 25 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސިންސެނާޓީ އިން ލީގުގައި ކުޅުނު 13 މެޗުން ހޯދި 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC