logoEN
WAMCO TOP 1
ހއ. އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރަކާއި ޑަބްލިއުޑީސީގެ އިންތިހާބީ މެމްބަރަކު ކޮންގްރެސް ޕާޓީއަށް!

ހއ. އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރަކާއި ޑަބްލިއުޑީސީގެ އިންތިހާބީ މެމްބަރަކު ކޮންގްރެސް ޕާޓީއަށް!

އަހުމަދު ޝުރާއު

logo

5/12/2026, 11:25:36 AM

# ރައީސް މުއިއްޒު

-

ހއ. އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރަކު ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

THE TRAVELLER AD

މި ދެ ބޭފުޅުން ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ. އެގޮތުން ޕީއެންސީއާއި ގުޅުނީ އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތުއެވެ. މި ދެ ބޭފުޅުންވެސް އިންތިހާބު ކާމިޔާބުކުރެއްވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިއްބަވަ އެވެ.

މި ދެ ބޭފުޅުންގެ ފޯމާ ކޮންގްރެސް ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ.

ފަލާހު ވަނީ ރަށާއި ރައްޔިތުންގެ ހައްގުގައި މި ދެބޭފުޅުން ނިންމެވި ނިންމެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައްޔާއި ޕާޓީގެ ނަމުގައި ޝަހީމާއަށް މަރުހަބާ ދަންނަވާފަ އެވެ.

ނިމިދިޔަ އިންތިހާބުގައި ފިރާޤު 743 ވޯޓު އަދި ހަލީމަތު ހުރާސަތު 770 ވޯޓު ހޯއްދެވި އެވެ.

ފިރާޤާއި ހަލީމަތުއާއިއެކު ޕީއެންސީއަށް އެރަށުގެ ބައެއް ފަރާތްތައްވެސް ވަނީ ގުޅިފައި އެވެ.

ކޮމެންޓް
ފަހުގެ
HDC