logoEN
WAMCO TOP 1
ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް ރައީސް އިރުޝާދުދެއްވާ ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ބޭރުކޮށްފި

ޕީއެންސީގެ މަޖިލީސް މެމްބަރުންނަށް ރައީސް އިރުޝާދުދެއްވާ ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް ނާޒިމް ބޭރުކޮށްފި

އަހުމަދު ޝުރާއު

logo

5/13/2026, 6:54:43 AM

# ރައީސް މުއިއްޒު

-

ޕީއެންސީގެ މަޖިލީސް މެމްބަރުން ތިއްބަވާ ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ބޭރުކޮށްލައިފި އެވެ.

THE TRAVELLER AD

އިތުރުބާރުހުރި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވަނީ ގޮތުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ގްރޫޕުން ނާޒިމް ބޭރުކުރީ މިއަދުގެ ވަގުތެއްގައި އެވެ.

ނަމަވެސް ކުއްލި ގޮތަކަށް މިއަދު ނާޒިމް އެގްރޫޕުން ބޭރުކުރި ސަބަބެއް އަދި މިހާތަނަށް ނާޒިމްވެސް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ އެގްރޫޕަކީ ސަރުކާރުގެ ކަންކަމުގައި ރައީސް މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް އިރުޝާދު ދެއްވަން ގެންގުޅުއްވާ ރަސްމީ ވަޓްސްއެޕް ގްރޫޕެވެ.

އެ ގްރޫޕުން ނާޒިމް ބޭރުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ އެންމެ ބާރުގަދަ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން ވެސް މިމަހުގެ 21 ވަނަ ދުވަހު ނާޒިމް ވަނީ ވަކިކޮށްފައެވެ. ނަމަވެސް އެއީ އާއިލާއަށް ވަގުތު ދެއްވުމަށް ނިންމެވި ނިންމެވުމެއްގެ ގޮތުގައި ނާޒިމް އޭރު ވިދާޅުވިއެވެ.

ކޮމިޓީތަކުން ވަކިކުރި ނަމަވެސް ނާޒިމް ފާއިތުވި ހަފްތާތަކުގައިވެސް ޕީއެންސީގެ މުހިންމު ޖަލްސާތަކުންނާއި ހަރަކާތްތަކުގެ ކުރީ ސަފުން ފެށިގެން ގޮސްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC