
ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވައި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވާނަން - ރައީސް
# ރައީސް މުއިއްޒު-
ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވައި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވާނެ ކަމަށާ ނަރުހުންގެ ފަންނީ އަދި ފަރުދީ ކުރިއެރުމަށް، މި ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި، ނަރުހުން ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށްޓަކައި ހުރިހާ ނަރުހުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއްގެ ބިންގަލަކީ ނަރުހުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމަކީ މުސްތަޤުބަލުގައި މިހާރަށްވުރެ ހަރުދަނާ އަދި ވިލުންތެރި ނިޒާމަކަށް ހެއްދުވުމަށްޓަކައި ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމުގެ އިތުރުން ތަމްރީނުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދާވާކަން ހާމަކުރައްވާފައެވެ. އަދި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ޝިފާލިބިގަތުމާއި، ބަލިން ރައްކާތެރިވުމުގައްޔާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.
ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި އާންމުކުރެއްވި މެސެޖުގައިވެސް ވަނީ ނަރުހުންގެ މަސައްކަތުގެ އަގުވަޒަންކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ނަރުހުންގެ ކެތްތެރިކަމާއި ފަންނީ ހުނަރުވެރިކަމަކީ ޞިއްޙީ ނިޒާމުގެ ހިތްކަމުގައި ސިފަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރު ކަމަށްވާ "އަވަރ ނާސަސް. އަވަރ ފިއުޗަރ. އެމްޕަވަރޑް ނާސަސް ސޭވް ލައިވްސް" އަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، މި ޝިއާރަކީ ޕްރިވެންޓިވް ހެލްތްކެއަރ ކުރިއެރުވުމަށާއި ރައްކާތެރި އަދި ގުޅުންބަދަހި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގެ އިތުރުން ފަންނީ ކުރިއެރުމަށް އެހީތެރިވެދިނުމަށާއި ލީޑަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދީގެން ނަރުހުންނަށް އެއްބާރުލުން ދިނުމާއި އިންވެސްޓްކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެއް ކަމަށެވެ.
ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.
ގުޅުންހުރި

ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވައި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވާނަން - ރައީސް

ހއ. އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރަކާއި ޑަބްލިއުޑީސީގެ އިންތިހާބީ މެމްބަރަކު ކޮންގްރެސް ޕާޓީއަށް!

މިއަދުން ފެށިގެން މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސްގެ ޤަރާރަކުން ކަނޑައަޅުއްވައިފި




