logoEN
WAMCO TOP 1
ޕީއެސްޖީ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

ޕީއެސްޖީ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

ހަސަން ޝަމްއޫން

logo

5/14/2026, 8:54:47 AM

# ލެންސް# ބޭރު ދުނިޔޭގެ ކުޅިވަރު# ފްރާންސް ލީގު1# ޕީއެސްޖީ

ޕީއެސްޖީ އާއި ލެންސް ވާދަކުރި މެޗުގެ ތެރެއިން

ފްރާންސް ލީގު 1 ގައި ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ލެންސް ބަލިކޮށް ޕީއެސްޖީ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ބްރެސްޓް އަތުން މޮޅުވެފައިވާއިރު. ލެންސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނަންޓޭސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕީއެސްޖީ އިންނެވެ.

ދެޓީމުގެ ފަރާތުންް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީ އިން ލީޑު ހޯދީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިިނީ ޖޯޖިއާގެ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. މިއީ އެޓީމުގެ އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސެނަގާލްގެ ޒުވާން ފޯވާޑް އިބްރާހިމް އެމްބޭއި އެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 33 މެޗުން ޕީއެސްޖީއަށް 77 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އެއްމެޗު އޮއްވައި އެޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ލެންސް އިން ލީގުގައި ކުޅުނު 33 މެޗުން ހޯދި 67 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަަނައިގައެވެ.

ކޮމެންޓް
ފަހުގެ
HDC