
-
ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ފަރާތުން ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖިއްދާގައި ހުންނަ އެ މިނިސްޓްރީގެ ހެޑްކުއާޓާގައެވެ.
މިބައްދަލުކުރެއްވުމުގައި މައްކާގައި ޤާއިމުކޮށްފައިވާ ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދޭ އޮފީހުގެ ވެރިޔާ އައްޝައިޚް އިމްތިޠާއު ޢައްބާސް އާއި މިޝަންގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ޙައްޖު މިޝަނުން ސަޢުދީގެ ޙައްޖާ ބެހޭ ކަންތައްތަކުގެ ޖެނެރަލް ސެކްރެޓަރީއާއި ބައްދަލުކުރައްވާފައިވާއިރު، ޙައްޖުގެ ކަންކަން ބަލަހައްޓާ ޑިރެކްޓަރ ޖެނެރަލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބާއިވެސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ސަޢުދީން ދިވެހި ސަރުކާރާއި ބަހައްޓަވާ ގާތްކަމާއި ޙާޖީންގެ އިންތިޒާމުތައް ހަރުދަނާކުރައްވަން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޙައްޖުވެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި މިހާރު ހުރި ބައެއް ކަންކަން އިތުރަށް ރަނގަޅުކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ދިވެހި ޙައްޖުވެރިންނާއި ގުޅޭ އެންމެހާ އިންތިޒާމުތައް ފުރިހަމަކުރުމާއި، މަސައްކަތްތައް ކުރިއަށްދާ ގޮތް ގާތުން ބެލުމާއެކު ޙައްޖުވެރިންނަށްދޭ އެންމެހާ ޚިދުމަތްތަކެއް ވިލަރެސްކުރުމަކީ ދިވެހި ޙައްޖު މިޝަނުން ކުރަމުންދާ މުހިއްމު މަސައްކަތްތަކެކެވެ.
ގުޅުންހުރި

ދިވެހި ޙައްޖު މިޝަނުން ސަޢުދީ ޙައްޖު މިނިސްޓްރީއާ ބައްދަލުކޮށްފި

ދިވެހި ހައްޖާޖީން ފުރަން ފަށާނީ އަންނަ ހުކުރު ދުވަހު!

މިއަހަރު ދިވެހި ހައްޖާޖީންނަށް ޚާއްސަ މިނާ ޓެންޓުތަކުގައި ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރު!




