
--
ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހައްޖާޖީން ފުރަން ފަށާނީ މި މަހުގެ 15 ގައި ކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން ހާމަކޮށްފި އެވެ.

ރާއްޖެއިން މިއަހަރު 1،018 މީހުން ހައްޖަށްދާ އިރު، ހުރިހާ އެންމެން ވެސް ހައްޖަށް ދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައިއެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 15 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.
އެގޮތުން ފުރަތަމަ ފްލައިޓުގައި 238 ހައްޖާއީން އަންނަ ހުކުރު ދުވަހު ފުރަން ތާވަލުކޮށްފައިވާއިރު މިމަހުގެ 17 ވަނަ ދުވަހު ގައުމީ އެއާލައިންގައި 260 ހައްޖާޖީން ފުރާނެއެވެ. އަދި ތިން ވަނަ ފްލައިޓުގައި މިމަހުގެ 18 ވަނަ ދުވަހު 267 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު 19 ވަނަ ދުވަހު 253 ހައްޖާޖީން ފުރުމަށް ވަނީ ތާވަލުކޮށްފައެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 26 ވަނަ ދުވަހެ އެވެ.
ރާއްޖެއިން މި އަހަރުވެސް ހައްޖުގެ އަޅުކަމަށްދާ މީހުން ފުރުމާއި ސައުދީ އަށް އެތެރެވުމުގައި ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ. އެގޮތުން މިއަހަރުވެސް ދިވެހި ހައްޖާޖީން ސައުދީއަށް ދަތުުރުކުރާނީ ”މައްކާ ރޫޓް އިނިޝިއޭޓިވް“ އިންތިޒާމުތަކުގެ ދަށުންނެވެ.
ގުޅުންހުރި

ދިވެހި ހައްޖާޖީން ފުރަން ފަށާނީ އަންނަ ހުކުރު ދުވަހު!

މިއަހަރު ދިވެހި ހައްޖާޖީންނަށް ޚާއްސަ މިނާ ޓެންޓުތަކުގައި ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރު!

ދިވެހި ހައްޖާޖީންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ!




