
މިއަހަރު ދިވެހި ހައްޖާޖީންނަށް ޚާއްސަ މިނާ ޓެންޓުތަކުގައި ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރު!
# ރާއްޖޭގެ ހައްޖު މިޝަން-
ދިވެހި ޙައްޖާޖީން މިނާގައި ތިބޭ ޓެންޓްތަކުގެ އެންމެފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ޓީމުން ބައްލަވައިލައްވައިފިއެވެ.

ދިވެހި ޙައްޖާޖީން މިއަހަރުވެސް މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަޙައްދުގައެވެ. އަދި ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މިނާގެ ޓެންޓުތަކުގައި ދިވެހި ޙާޖީންނަށް ފުރިހަމަ ޚިދުމަތެއް ލިބިގެންދާނެއެވެ.
ޓެންޓުތަކުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މިހާރު ކުރަމުންދަނީ ވަސީލަތްތައް ޤާއިމުކުރުމުގެ ފަހުގެ މަސައްކަތްތަކެވެ. 2025 ވަނަ އަހަރަށްވުރެ މިއަހަރު މިނާ ޓެންޓުތަކުގެ ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރުކޮށްފައިވާއިރު ޖުމްލަ 64 ފާހަނާ އެ ސަރަހައްދުގައި ޤާއިމްކުރެވޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހި ޙާޖީން މިނާގައި ތިބޭ ސަރަހައްދަކީ ދަތުރުފަތުރަށްވެސް ފަސޭހަ، އަދި ހިލައުކަން ދިއުމަށްވެސް ފަސޭހަ ސަރަހައްދެކެވެ.
ޙައްޖު މިޝަންއިން ވަނީ މިނާގެ އެންމެ ފަހުގެ އިންތިޒާމްތައް ކުރިއަށްދާގޮތް ބައްލަވާލަވާ، މުތައްވިފް ރަވާފް މިނާއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ޙައްޖާޖީންނަށް ފުރިހަމަ ޚިދުމަތެއް ދޭނެކަމުގެ ޔަޤީންކަން ރަވާފް މިނާއިން ވަނީ ދެއްވާފައެވެ.
ގުޅުންހުރި

މިއަހަރު ދިވެހި ހައްޖާޖީންނަށް ޚާއްސަ މިނާ ޓެންޓުތަކުގައި ފާޚަނާތަކުގެ އަދަދު ހަތަރުގުނަ އިތުރު!

ދިވެހި ހައްޖާޖީންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ!

ދިވެހި ޙައްޖު ވެރިންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެހޭނެ - ރަވާފް މިނާ




