logoEN
WAMCO TOP 1
ދިވެހި ހައްޖާޖީންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ!

ދިވެހި ހައްޖާޖީންގެ ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ!

އަހުމަދު ޝުރާއު

logo

5/8/2026, 8:59:10 AM

# ރާއްޖޭގެ ހައްޖު މިޝަން

-

ރާއްޖޭގެ ޙައްޖުވެރިންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްދޭ ސައުދީ ޕޯސްޓްގެ އެޖެންޓާއި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުން ބައްދަލުކުރައްވައިފިއެވެ.

THE TRAVELLER AD

މިއަހަރު ދިވެހި ހައްޖާޖީންނަށް ދަތުރުފަތުރުގެ ލޮޖިސްޓިކް ޚިދުމަތްދޭން ހަވާލުކޮށްފައިވަނީ ސުބުލް އޮޓޯރިޓީއާއިއެވެ.

ސުބުލް އޮޓޯރިޓީއަކީ ސައުދީ ޕޯސްޓްގެ ދަށުން ހިންގާ އޮތޯރިޓީއެއެކެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ޙައްޖު މިޝަން، ޙައްޖު ކޯޕަރޭޝަން އަދި ޚިދުމަތްދޭ ކުންފުނިން ބައިވެރިވެފައިވެއެވެ.

ހައްޖު މިޝަންއިން ބުނީ އެއަރޕޯޓާއި ހޮޓާލާއި ދެމެދު ލަގެޖުތައް އުފުލުމުގެ ޚިދުމަތް ދޭނީ ސުބުލް އޮޓޯރިޓީ މެދުވެރިކޮަށް ކަމަށާއި ލަގެޖުގެ ރައްކާތެރިކަން އިތުރުކުރުމަށް، ޕާސްޕޯޓާއި ލިންކްވާގޮތަށް ޚާއްސަ ޓެގެއް މިފަހަރު ބޭނުންކުރާނެ ކަމަށެވެ.

އަދި ޙާޖީންނާއި އެކުއެކީގައި ލަގެޖުތައް ހޮޓަލަށް ފޯރުކޮށްދިނުމަކީ އަމާޒުކަމުގައި ވެސް މިޝަންއިން ބުނެއެވެ.

މި ޚިދުމަތުގެ ބޭނުމަކީ ލަގެޖް ނެގުމުގެ ކަންކަމުގައި ޙާޖީން އަދި ކޯޕަރޭޝަނުންވެސް އެކަމަށް ވަގުތު ހުސްކުރަން ނުޖެހި، ފަސޭހަކަމާއި އަވަސްކަމާއެކު އެޖެންޓެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ފަހުގެ
HDC